ޗައިނާއާއި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ކުޅަދާނަ މަސައްކަތުން ބިނާކުރި ސިނަމާލެ ބުރިޖު، ދިވެހިންގެ ދިރިއުޅުމާއި ރާއްޖޭގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެެވެ.
ސަފީރު މިހެން ވިދާޅުވީ ސިނަމާލެ ބުރިޖު އިފްތިތާޙުކުރި ދުވަސްކަމުގައިވާ އޮގަސްޓް މަހުގެ 30ވަނަ ދުވަހަކީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން، އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން، ސިނަމާލެ ބުރިޖަކީ މުޖުތަމަޢުގެ ކުރިއެރުމަށް އިންޖިނޭރުންގެ މުހިންމުކަން ރަމްޒުކޮށްދޭ ބިނާއެއްކަމަށާއި ޗައިނާއާއި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ކުޅަދާނަ މަސައްކަތުން ބިނާކުރި ސިނަމާލެ ބުރިޖު، ދިވެހިންގެ ދިރިއުޅުމާއި ރާއްޖޭގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
އެހެންކަމުން އިންޖިނޭރުންނަކީ ދިރިއުޅުމާއި މުޖުތަމަޢުގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށާއި އަދި ޙައްޤު އިހްތިރާމާއި ޤަދަރު އިންޖިނޭރުންނަށް ލިބެންޖެހޭކަން ސަފީރު ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހަކީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސެވީ އިއްޔެއެވެ. މި ދުވަސް ނިސްބަތްކޮށްފައިވަނީ ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަށެވެ. ސިނަމާލެ ބްރިޖު އިފްތިތާހު ކުރީ 30 އޮގަސްޓު 2018ގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް