ސަލްޓަން ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް މާލަހެއްނުވެ ފެށިގެންދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވައި ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ސަލްޓަން ޕާކު ތަރައްޤީކުރަން ފެށުމަށްޓަކައި ޕާކު ސާފުކޮށް، ތަރައްޤީކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި ޕާކުގެ ކުރެހުމެއް ނެތުމުން ޕާކު ސާވޭ ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށާއި ޕާކު ތަރައްޤީކުރުމުގެ ޕްލޭން ފައިނަލްކޮށް، ތަރައްޤީކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ، ވަރަށް އަވަހަށް ފެށޭނެކަމަށެވެ.
ސަލްޓަން ޕާކު ބަންދުކުރިތާ ގިނަ ދުވަސްތަކެއް މިހާރުވެފައިވާއިރު، ޕާކު ވީރާނާވެ، ކުށްކުރާ ފަރާތްތަކުގެ ހާއްޔަކަށް އެތަން ވަނީ ބަދަލުވެފައެވެ.
ޕާކު އަލުން ތަރައްޤީކޮށް، ޢާންމުންނަށް ހުޅުވާލުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ ދަށުން ޕާކު ނަގައި، އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް