ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ކޯސްޓްގާޑްގެ މުވަައްޒަފަކު މިރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
މީގެ ތިން އަހަރުއްސުރެން ފެށިގެން ރާއްޖޭއިން ބޭރުން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ނިޔާވެފައިވަނީ، އެމްއެންޑީއެފް ކޯސްޓްގާޑްގެ ސްޓާފް ސާޖަންޓް އަލީ ނަޝީދު (ސނ: 2324) އެވެ. އަލީ ނަޝީދު ނިޔާވި އިރު، ސިފައިންގެ ޚިދުމަތުގައި 30 އަހަރާއި، 8 މަހާއި، 19 ދުވަސް ހޭދަކުރައްވާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބޭގޮތުގައި ނަޝީދަކީ ކޯސްޓްގާޑުގެ މާލިމީންނާއި ނެވީންގެ އިރުޝާދާއެކު އެ ޚިދުމަތުގައި ކުރިއަށް ދިޔަ ޒުވާނެކެވެ. އަދި ނަޝީދު ނިޔާވި އިރު، އަނބިކަނބަލަކާއި ތިން ކުދިން ދުނިޔޭގައި އެބަ ތިބި ކަމަށް މައުލޫމާތުލިބެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް