12 ރަށެއްގައި ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އެމް.ޓީ.ސީ.ސީ، އާރު.ޑީ.ސީ އަދި ފެނަކައާއެކު މިއަދު ސޮއިކުރައްވައިފި.
އެގޮތުން ނ.ވެލިދޫ އަދި ނ. ކެނދިކުޅުދޫގައި ކުޑަކުދިންގެ ޕާކް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
މިއެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހެއިރު އެވެ.
މި ރަސްމިއްޔާތުގައި ށ. ފީވަކާއި، ނ. ހެނބަދޫއާއި، ނ. މާޅެންދޫއާއި އަދި ނ. ކުޑަފަރީގެ އިތުރުން މ. ވޭވަށާއި، މ. މަޑުއްވަރީގައި ޕާކު ތަރައްޤީކުރުމަށް ސޮއިކުރީ ފެނަކަ ކޯޕަރޭޝަނާއި އެކުގައެވެ.
ށ. ކޮމަންޑޫ، ނ.ފޮއްދޫ، ނ.މަނަދޫ އަދި ފ. ނިލަންދޫ ގައި ކުޑަކުދިންގެ ޕާކް ތަރައްޤީ ކުރުމަށް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީއާއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީ އެމްޑީ މޭޖަރ ރިޓެއާޑް މުޙައްމަދު ނަޖާޙެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާއި، ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ވާހަކަފުޅުދެއްކެވިއެވެ. މިއަދު ސޮއިކުރެވުނު ކުޑަކުދިންގެ ޕާކުތައް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް